Maldives Immigration starts complying with standard ICAO Annex 9, chapter 3.10.1. ( Maldives will only accept standard Machine Readable Passports. )

ޕާސްޕޯޓާއި ބެހޭ

 

ޕާސްޕޯޓެއްހަދަން އެދޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޕާސްޕޯޓެއް ހަދައިދެވޭނެއެވެ.18އަހަރު ނުފުރޭ ކުއްޖެއްގެ ޕާސްޕޯޓު ހަދައިދެވޭނީ އެކުއްޖާގެ މަންމަނުވަތަ ބައްޕަގެ އެދުމުގެ މަތީންނެވެ. މަންމަ ނުވަތަ ބައްޕަ ނެތްނަމަޝަރުޢީ ބަލަދުވެރިޔާގެ އެދުމުގެ މަތީންނެވެ. ޕާސްޕޯޓަށް އެދެނީ ކުއްޖާގެމަންމަ ކަމުގައިވާނަމަ ކުއްޖާއާއި ބެހޭ އެއްވެސް މައްސަލައެއް އެއްވެސްޝަރުޢީ ކޯޓެއްގައި ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއެއްގައިނޯންނާނެކަމަށް އިޤުރާރުވެ، ޕާސްޕޯޓަށް އެދޭ ފޯމުގައި އެކަމަށްކަނޑައެޅިފައިވާ ތަނުގައި ސޮއިކުރަންވާނެއެވެ.
އަލަށް ޕާސްޕޯޓު ހެއްދުން

· ޕާސްޕޯޓަށް އެދޭ ފޯމާއިއެކު، 01 މެއި 2003 ގެ ފަހުން ހައްދާފައިވާ ކޮމްޕިއުޓަރައިޒްޑް އައިޑެންޓިޓީ ކާޑު ހުށަހެޅުން.

· ޕާސްޕޯޓުގެ އަގަށްވާ ފައިސާދައްކާ، ފައިސާގެ ރަސީދު ލިބިގަތުން.

· ޕާސްޕޯޓު ބަލާއަންނަންވީ ގަޑިކަމަށް ފައިސާގެ ރަސީދުގައި ޖަހާފައިވާ ގަޑިއަށް ޕާސްޕޯޓު ބަލާއައުން.
ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން އެންމެފަހުން ގެންގުޅުނު ޕާސްޕޯޓު، ޕާސްޕޯޓަށް އެދޭ ފޯމާއި އެކުހުށަހަޅަންވާނެއެވެ. އެންމެ ފަހުން ގެންގުޅުނު ޕާސްޕޯޓަކީ މުއްދަތުހަމަވެފައި އޮތް ޕާސްޕޯޓެއް ކަމުގައި ވިޔަސް އެޕާސްޕޯޓު ހުށަހަޅާ ކެންސަލްކުރަންވާނެއެވެ. މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު ކެންސަލްނުކުރެވި އޮއްވާގެއްލިއްޖެނަމަ ޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށްޢަމަލުކުރާ އުޞޫލުންނެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަނުވަނީސް ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.

· މިހާރު ބޭނުންކުރާ ޕާސްޕޯޓު ހުށަހެޅުން. މިހާރު ބޭނުންކުރާ ޕާސްޕޯޓުހުށަނޭޅިއްޖެނަމަ ޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށްޢަމަލުކުރާ އުޞޫލުންނެވެ.

· ޕާސްޕޯޓުގެ އަގަށްވާ ފައިސާގެ އިތުރުންމުއްދަތުހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100ރ. ކެންސަލޭޝަން ފީގެގޮތުގައި ދެއްކުން. މުއްދަތު ހަމަވާން ބާކީ އޮތީ 8 މަހަށްވުރެ ކުރުމުއްދަތެއްނަމަ ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތުހަމަވާން ބާކީ އޮތް ދުވަސް ގުނާނީ ޕާސްޕޯޓަށް އެދޭ ފޯމް ހުށަހަޅާ ދުވަހުންފެށިގެންނެވެ. ބާކީ އޮތް މުއްދަތަށް ކެންސަލޭޝަން ފީ ނެގުމުގައި، އަހަރުހަމަވެ އިތުރުވާ ދުވަސްތައް ބެލެވޭނީ އިތުރު އަހަރެއްގެ ގޮތުގައެވެ.މިސާލަކަށް، ބާކީ އޮތީ 2 އަހަރާއި 1 ދުވަސް ނަމަ ބެލެވޭނީ 3 އަހަރުގެގޮތުގައެވެ. ކެންސަލޭޝަން ފީގެ ގޮތުގައި ދައްކަންޖެހޭނީ 300ރ. އެވެ.
ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.

· ޕާސްޕޯޓު ގެއްލުނުކަން ފުލުސް އޮފީހަށް ހުށަހަޅާ، ޕޮލިސް ރިޕޯޓެއް އިމިގްރޭޝަނަށް ފޮނުވައިދިނުމަށް ފުލުސް އޮފީހުގައި އެދުން.

· ޕޮލިސް ރިޕޯޓުން ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާފަރާތުގެ އިހުމާލުންކަމަށް ސާބިތުވާނަމަ 2,000ރ. އާއި 20,000ރ. ދެމެދުގެޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއް ދެއްކުން.
ރާއްޖެއިން ބޭރުގައި ވަނިކޮށް ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުން
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްގެ ޕާސްޕޯޓު ގެއްލިއްޖެނަމަ، އާޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ގެއްލުނު ޤައުމެއްގެ ޕޮލިސް ރިޕޯޓެއް،ޕާސްޕޯޓަށް އެދޭ ފޯމާއި އެކު ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާ ޕޮލިސްރިޕޯޓުން، ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެއިހުމާލުން ނޫންކަމަށް ސާބިތުނުވާނަމަ 2,000ރ. އާއި 20,000ރ. ދެމެދުގެޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއް ދެއްކުމުން ނޫނީ އާޕާސްޕޯޓެއް ހައްދައެއް ނުދެވޭނެއެވެ. ނުދެވޭނެއެވެ. ރާއްޖެއިން ބޭރުގައިދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ އެޤައުމެއްގެ ރެސިޑެންޓް / ސްޓޫޑަންޓްވިސާ ލިބިފައިވާ ފަރާތްތަކެވެ.
ރާއްޖެއިން ބޭރުގައި ވަނިކޮށްއެއްފަހަރަށްވުރެ ގިނަފަހަރު ޕާސްޕޯޓް ގެއްލިއްޖެނަމަ، ޕާސްޕޯޓުދޫކުރެވިފައިވާ ފަރާތް ރާއްޖެ އައިސްގެން މެނުވީ ޕާސްޕޯޓް އާކުރުމުގެކަންތައް ކުރިޔަށް ނުގެންގޮސްދިނުމުގެ އިޚްތިޔާރު އިމިގްރޭޝަނަށްލިބިގެންވެއެވެ. މިގޮތުން ރާއްޖެ އަންނަން ޖެހިއްޖެނަމަ، ރާއްޖެއައުމަށްޓަކައި ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
ދަތުރުވަރެއްގައި ނުވަތަ 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ކޯހެއްގައިރާއްޖެއިން ބޭރުގައި ވަނިކޮށް ޕާސްޕޯޓް ގެއްލިއްޖެނަމަ، އެނބުރި ރާއްޖެއައުމަށް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭނެއެވެ. މިލިޔުންދޫކުރެވޭނީ ޕާސްޕޯޓު ގެއްލުނު ޤައުމެއްގެ ޕޮލިސް ރިޕޯޓެއްހުށަހެޅުމުންނެވެ. އަދި އާ ޕާސްޕޯޓެއް ހަދައިދެވޭނީ މިގޮތުން ހުށަހަޅާޕޮލިސް ރިޕޯޓުން، ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާފަރާތުގެ އިހުމާލުން ނޫންކަމަށް ސާބިތުނުވާނަމަ 2,000ރ. އާއި 20,000ރ.ދެމެދުގެ ޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއްދެއްކުމުންނެވެ.
ޕާސްޕޯޓެއް ގެއްލިއްޖެނަމަ ވީ އެންމެ އަވަސްފުރުޞަތެއްގައި ޕޮލިސް ރިޕޯޓާއި އެކު ސިޓީއަކުން އިމިގްރޭޝަނަށް އެކަންއަންގަންވާނެއެވެ. ފެކްސް މެދުވެރިކޮށް ސިޓީ ފޮނުވާނީ 332 0011 އަށް ނުވަތަ332 0451އަށެވެ.
ޕާސްޕޯޓު ހަލާކުވެގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.

· ޕާސްޕޯޓު ހަލާކުވި ސަބަބު ބަޔާންކޮށް އިމިގްރޭޝަނަށް ސިޓީއެއް ހުށަހެޅުން.

· ހަލާކުވި ޕާސްޕޯޓު ހުށަހެޅުން. ހަލާކުވި ޕާސްޕޯޓު ހުށަނޭޅިއްޖެނަމަޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށް ޢަމަލުކުރާއުޞޫލުންނެވެ.

· ޕާސްޕޯޓުގެ އަގަށްވާ ފައިސާގެ އިތުރުންމުއްދަތުހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100ރ. ކެންސަލޭޝަން ފީގެގޮތުގައި ދެއްކުން. މުއްދަތު ހަމަވާން ބާކީ އޮތީ 8 މަހަށްވުރެ ކުރުމުއްދަތެއްނަމަ ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތުހަމަވާން ބާކީ އޮތް ދުވަސް ގުނާނީ ޕާސްޕޯޓަށް އެދޭ ފޯމް ހުށަހަޅާ ދުވަހުންފެށިގެންނެވެ. ބާކީ އޮތް މުއްދަތަށް ކެންސަލޭޝަން ފީ ނެގުމުގައި، އަހަރުހަމަވެ އިތުރުވާ ދުވަސްތައް ބެލެވޭނީ އިތުރު އަހަރެއްގެގޮތުގައެވެ.ގޮތުގައެވެ. މިސާލަކަށް، ބާކީ އޮތީ 2 އަހަރާއި 1 ދުވަސް ނަމަބެލެވޭނީ 3 އަހަރުގެ ގޮތުގައެވެ. ކެންސަލޭޝަން ފީގެ ގޮތުގައިދައްކަންޖެހޭނީ 300ރ. އެވެ.

· ޕާސްޕޯޓު ހަލާކުވެފައިވަނީ ޕާސްޕޯޓުދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް އިމިގްރޭޝަނުން ނިންމައިފިނަމަ2,000ރ. ގެ ޖުރުމަނާއެއް ދެއްކުން.
ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އާކުރުން

· ރާއްޖެއިން ބޭރުގައި ހުރެގެން ޢާއްމުކޮށް ޕާސްޕޯޓު އާކުރާ އުޞޫލުން،މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްގެ ކޮޕީއަކާއި އެކު ޕާސްޕޯޓަށް އެދޭފޯމު ހުށަހެޅުމުން ޕާސްޕޯޓު އާކޮށްދެވޭނެއެވެ. އާކޮށްދެވޭނެއެވެ.ޕާސްޕޯޓަށް އެދި އިމިގްރޭޝަނަށް ހުށަހަޅަންޖެހޭނީ ސޮއިކޮށްފައިވާއޮރިޖިނަލް ފޯމެކެވެ. ފެކްސް، އީމެއިލް، އަދި ސްކޭންކޮށްޕްރިންޓްކޮށްފައިވާ ފޯމް ޤަބޫލެއްނުކުރެވޭނެއެވެ.

· އައުޕާސްޕޯޓަކަށް އެދޭ އިރު މިހާރު ބޭނުންކުރާ ޕާސްޕޯޓް ހުށަހެޅެން ނެތްނަމަ،ޕާސްޕޯޓު އާކުރަން ހުށަހަޅާތާ 1 މަސްދުވަހުގެ ތެރޭގައި މިހާރު ބޭނުންކުރާޕާސްޕޯޓު ކެންސަލްކުރުމަށް އިމިގްރޭޝަނަށް ފޮނުވާނެެކަމަށް އިޤްރާރުވެސިޓީއެއް ޕާސްޕޯޓަށް އެދޭ ފޯމާއި އެކު ހުށަހަޅަންވާނެއެވެ. މިސިޓީގައިޕާސްޕޯޓާއި ޙަވާލުވާން އިމިގްރޭޝަނަށް ޙާޟިރުވާނެ މީހާގެ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ.

· ރާއްޖޭގެ ހައިކޮމިޝަން ހުންނަ ޤައުމެއްނަމަ، ހައިކޮމިޝަން މެދުވެރިކޮށްވެސް ޕާސްޕޯޓަށް އެދެވިދާނެއެވެ.
ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުން (އިމަރޖެންސީ ސެޓްފިކެޓް)
މިލިޔުން ދޫކުރެވޭނީ އިމިގްރޭޝަނަށް ޤަބޫލުކުރެވޭފަދަ ކުއްލި ޙާލަތެއްދިމާވެގެން ޕާސްޕޯޓެއް ހެއްދުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަނުކުރެވޭ ފަރާތްތަކަށެވެ. ނުވަތަ ކުއްލި ޙާލަތެއް ދިމާވާއިރު ޕާސްޕޯޓުއަތުޖެހޭ ހިސާބުގައި ނެތް ފަރާތްތަކަށެވެ. ދަތުރުކުރުމުގެ ވަގުތީލިޔުމުގައި ކުރެވޭނީ 1 ދަތުރެވެ. ދަތުރު ނިންމާފައި އެނބުރި އައުމުންލިޔުން ކެންސަލްކުރެވޭނެއެވެ.
ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުމަށްޓަކައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.

· އިމަރޖެންސީ ޙާލަތެއްގައި ކޮންމެހެން ރާއްޖެއިން ބޭރަށް ފުރަންޖެހޭކަން އިމިގްރޭޝަނަށް ސާބިތުކޮށްދިނުން.

· ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް އެދޭ ފޯމެއް ފުރުމަށްފަހު ހުށަހެޅުން.

· މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަޑިޕާޓްމަންްޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ދޫކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ބެހޭ މަޢުލޫމާތު ހިމެނޭ ލިޔުން ނުވަތަދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަންގައިދޭ ސަރުކާރުގެރަސްމީ ފޮޓޯޖެހި ލިޔުމެއް ހުށަހެޅުން.

· ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުމުގެ އަގަށްވާ ފައިސާދައްކާ، ފައިސާގެ ރަސީދު ލިބިގަތުން.
ޕާސްޕޯޓުގައި ދަރިން ހިމެނުން
ޕާސްޕޯޓުގައި ދަރިންނެއް ނުހިމެނެނޭނެއެވެ. ކުޑަކުދިންނަށްވެސް ރާއްޖެއިންބޭރަށް ދަތުރުކުރެވޭނީ ވަކި ޕާސްޕޯޓެއް ހައްދައިގެންނެވެ. ޕާސްޕޯޓުގައިދަރިން ހިމަނައިގެން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތައް ރާއްޖެ އައިސްފުރުމުގެ ކުރިން އެކުދިންނަށް ވަކި ޕާސްޕޯޓެއް ހެއްދުމަށް ޚާއްޞަސަމާލުކަމެއް ދޭންވާނެއެވެ.
ޕާސްޕޯޓު ބަލާއައުން
ޕާސްޕޯޓުބަލާއަންނަންވާނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑާއި ފައިސާގެ ރަސީދު ހިފައިގެން ޕާސްޕޯޓަށް އެދުނު ފަރާތެވެ.އިމިގްރޭޝަނަށް ޤަބޫލުކުރެވޭފަދަ ޙާލަތެއް މެދުވެރިވެގެން ޕާސްޕޯޓަށްއެދުނު ފަރާތަށް ޕާސްޕޯޓާއި ޙަވާލުވާން ޙާޟިރުވެވެން ނެތްނަމަ އެސަބަބުބަޔާންކޮށް، އަދި ބަދަލުގައި ޕާސްޕޯޓާއި ޙަވާލުވާން ފޮނުވާ ފަރާތުގެ ނަމާއިދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގޭނޭގޮތަށް ސިޓީއެއްހުށަހަޅަންވާނެއެވެ. އަދި ޕާސްޕޯޓު ބަލާ އަންނައިރު، ބަލާއަންނަ ފަރާތުގެދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
ޕާސްޕޯޓު ހައްދާފައިވާ މީހަކު ނިޔާވުން
ޕާސްޕޯޓު ހައްދާފައިވާ މީހަކު ނިޔާވެއްޖެނަމަ އެމީހެއްގެ ބަލަދުވެރިން ވީއެންމެ އަވަހަކަށް އެމީހެއްގެ ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހަޅާކެންސަލްކުރަންވާނެއެވެ

 

Maldives Immigration | Republic of Maldives.
Tel: (960)333 0444, (960)333 0430 Fax: (960) 332 0011, Email: info@immigration.gov.mv
First Floor, Velaanage, Ameer Ahmed Magu, Malé