Maldives Immigration starts complying with standard ICAO Annex 9, chapter 3.10.1. ( Maldives will only accept standard Machine Readable Passports. )

..

ވަޒީފާގައި ގެންގުޅުމަށް ހުއްދަ ދެވިފައިވާ ބިދޭސީން ގެއްލިގެން އެންގުމުން މިސަރވިސްއިން ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް   

 

  1. 1.   ބިދޭސީ މީހާ ގެއްލިފައިވާކަން އެންގެވުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ފޯމާއި ޙަވާލުވެ، ފޯމް ފުރާފައިވަނީ ރަގަޅަށްތޯ ޗެކްކުރުމަށްފަހު ފޯމާއި ޙަވާލުވުން
  2. 2.   ފޯމް ހިފައިގެން ހާޒިރުވި ފަރާތަކީ ކާކުކަން އަންގާދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ފޮޓޯކޮޕީއެއް ނެގުން
  3. 3.   ގެއްލިފައިވާ ބިދޭސީ މީހާގެ ޕާސްޕޯރޓް ހުށަހެޅުއްވެން އޮތް ޙާލަތްތަކުގައި ގެއްލިފައިވާ މީހާގެ ޕާސްޕޯރޓް ހުށަހެޅުއްވުމުން ޕާސްޕޯޓާއި ޙަވާލުވުން
  4. 4.   ޕާސްޕޯރޓާއި ޙަވާލުވި ރަސީދު ދޫކުރެއްވުން
  5. 5.   ގެއްލިފައިވާ މީހާގެ ޕާސްޕޯރޓް ސައިޒްގެ ފޮޓޯއާއި ހަވާލުވުން
  6. 6.   ގެއްލިފައިވާ ބިދޭސީމީހާ ފިލި ދުވަސް ހިމެނޭ މީލާދީ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް ދޭންޖެހޭ މުސާރަ ދީފައިވާކަން އެނގޭނެ ލިޔުމުގެ އަސްލަކީ ސައްޙަ ލިޔުމެއްތޯ ބެއްލެވުމަށްފަހު އެލިޔުމުގެ ފޮޓޯ ކޮޕީއެއް ނެންގެވުމަށްފަހު ލިޔުމުގެ އަސްލު ހަވާލުކުރެއްވުން
  7. 7.   ބިދޭސީ މީހާ ގެއްލިފައިވާކަމަށް ރިޕޯރޓްކުރެއްވި  ދުވަހުން ފެށިގެން މަދުވެގެން  ވޭތުވެދިޔަ 03 ދުވަސް ކުރިއާއި ހަމައަށް ވިސާ ފީ ދައްކާފައިވާ ކަމުގެ ލިޔުމުގައިވާ މަޢުލޫމާތާއި، މިޑިޕާރޓްމެންޓްގެ ރެކޯޑްސްއާއި ދިމާވޭތޯ ބެއްލެވުމަށްފަހު ފޮޓޯކޮޕީއެއް ނަންގަވާ،  އެލިޔުމުގެ އަސްލު ހަވާލުކުރެއްވުން
  8. 8.   ގެއްލިގެން އުޅޭކަމަށް ރިޕޯރޓްކުރާ  ބިދޭސީންގެ ރެކޯޑްސް އަޕްޑޭޓްކުރުން
  9. 9.   ގެއްލިފައިވާކަން އަންގާފައިވާތީ ވޯރކްޕަރމިޓް ކެންސަލް ކޮއްދެއްވުމަށް ފޮރިން އެމްޕްލޯއީމެންޓް ސެކްޝަނަށް ލިޔުއްވުން
  10. 10.  ގެއްލިގެން އަންގާ ބިދޭސީންގެ  ޕާސްޕޯރޓާއި ރެކޯޑްސް ބެލެހެއްޓުމަށް ހަވާލުކުރައްވާފައިވާ މުވައްޒިފާއި ޕާސްޕޯރޓް އަދި ލިޔެކިޔުން ޙަވާލުކުރެއްވުން
  11. 11.  ގެއްލިގެން އަންގާފައިވާ ބިދޭސީއަކު ފެނިގެން އަލުން އޭނާގެ ޕާސްޕޯރޓް ބޭނުންވެގެން އެމްޕްލޯޔަރު ލިޔުމުން އެދެފިނަމަ އޭނާއާޢި ޕާސްޕޯރޓް ހަވާލުކުރަންވާނެއެވެ. އަދި އެމްޕްލޯޔަރާއި ޕާސްޕޯރޓް ޙަވާލުކުރެވުނުކަން އަންގާދޭ ލިޔުމެއްގައި އެމްޕްލޯޔަރާއި ޕާސްޕޯެޓް ހަވާލުކުރި އިމިގްރޭޝަން  އޮފިސަރ ސޮއިކުރަންވާނެއެވެ.

 

Maldives Immigration | Republic of Maldives.
Tel: (960)333 0444, (960)333 0430 Fax: (960) 332 0011, Email: info@immigration.gov.mv
First Floor, Velaanage, Ameer Ahmed Magu, Malé