Details
މިއަދު ހަވީރު 16:00 އިން 18:00 އަށް ގްރޫޕް ތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 639 ތަނެއް ބަލައި، 1344 ބިދޭސީން ޗެކްކޮށް، ވިސާ ފުރިހަމަ ނޫން 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެއިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިންނަށް ވަނީ ނޯޓިސްދ ދީފައެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.


